ޔޫއޭވީތަކާއެކު ގައުމީ ސަލާމަތަށް ލިބުނު ރައްކާތެރިކަމަށް ކުރީގެ ސީޕީ މުޙައްމަދު ޙަމީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢު ކުރުމުގެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމް.އެން.ޑީ.އެފް އެއަރ ކޯރ އާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކޮށްފައިވަނީ މާފަރު އެއާޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެކަމާ ގުޅިގެން މަރުޙަބާ ވިދާޅުވެ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ކުރީގެ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވީ ރާއްޖެއަށް އަލަށް ގެނައި ޔޫއޭވީ ތަކާއެކު ރާއްޖޭގެ އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދޭ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
ޔޫއޭވީތަކާއެކު ގައުމީ ސަލާމަތަށް އިތުރު ރައްކާތެރިކަމެއް ލިބިފައިވާކަން ފާހަގަ ކުރަށްވަމުން ކުރީގެ ސީޕީ ޙަމީދު ވިދާޅުވީ ޔޫއޭވީގެ ބޭނުން ފުރިހަމައަށް ހިފަން ޖެހޭކަމަށެވެ.
އެގޮތުން ރާއްޖޭގައި ހިންގޭ ޖޮއިންޓު އޮޕަރޭޝަންތަކުގައި މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މަޢުލޫމާތު ބަދަލު ކުރުމަށް ޔޫއޭވީތައް ބޭނުންކުރުން މުހިއްމުކަމަށާއި އަދި މަޢުލޫމާތު ޙިއްސާކުރުމަށް ރަނގަޅު ނިޒާމެއް ޤާއިމު ކުރެވިއްޖެނަމަ ގައުމީ ސަލާމަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށް ޙަމީދު ވިދާޅުވިއެވެ.
ޔޫއޭވީގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ޔޫއޭވީ ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެމް.އެން.ޑީ.އެފުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެށުމުގެ ޤަރާރުގައި ސޮއިކުރަށްވާފައެވެ.

The addition of Unmanned Aerial Vehicles (UAV) as a capability for safeguarding and enhancing national security is a welcomed development.
— Mohamed Hameed (@M_Hameedh) March 16, 2024
In Maldives’ context it is of utmost importance that the capability’s operations are optimised and availed to the wider national security…
ޔޫއޭވީގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ޔޫއޭވީ ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެމް.އެން.ޑީ.އެފުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެށުމުގެ ޤަރާރުގައި ސޮއިކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު