ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަށް އުނިކަމެއް އަތުވެދާނެ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް އެހެން ފަރާތަކުން ކުރާނަމަ އެކަމުގެ ޝަކުވާ ހުށަހަޅައި އެކަމެއް ހުއްޓުވައިދިނުމަށް އެދުމުގެ ޙައްޤު އެ ކެންޑިޑޭޓަކަށް ލިބިގެންވާ ކަަމަށެވެ.
އަދި މިފަދަ ކަންކަން ފާހަގަކުރެވޭނަމަ ކަމާގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހަޅުއްވުމަށާއި އެއްވެސް ފަރާތަކުން ކެނޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަށް އުނިކަމެއް އަތުވެދާނެ ކަމެއް ނުކުރުމަށް އީސީން ވަނީ އިލްތިމާސް ކޮށްފައެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ)ގައި - އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަ ކޮށްފައިވެއެވެ.
ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2024 ގެ 24 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރުގައި ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރު ނުވަތަ ނިޝާން ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެހެންވެސް އެއްޗެއް އެހެން ކެންޑިޑޭޓަކަށް ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ނައްޓައި ހަލާކުކޮށް ގެއްލުން ދީގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.
އީސީން މިމޭރުމުން ބުނެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ މެމްބަރު ހަސަން ލަތީފްގެ ކެމްޕެއިން ބޯޑަށް ގެއްލުން ދިން މައްސަލަ ވަނީ ފުލުހަށް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު