އިންޑިއާ އާއި ރާއްޖެއާ ދެމެދު ތިންވަނަ ރަސްމީ މަޝްވަރާ ބައްދަލުވުން މިއަދު މާލޭގައި ބާއްވައިފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބުނީ މާލޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި، އެޤައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ބާލައި އެ މަސައްކަތަށް އިންޑިއާގެ މަދަނީ ޓެކްނިކަލް މީހުން ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
އޭގެ އިތުރުން ދެ ގައުމުގެ ދޭތެރޭގައި އިތުރަށް ގުޅުން ބަދަހި ކުރުމަށާއި އިންޑިއާގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް މޮނީޓާ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު މަޝްވަރާތަކުގެ ހަތަރު ވަނަ ބައްދަލުވުން އިންޑިއާގައި ބޭއްވުމަށް ދެޤައުމުންވެސް އެއްބަސްވެފައިވާ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އިންޑިއާ ސިފައިންގެ ފުރަތަމަ ގްރޫޕް މާޗް 10 ގެ ކުރިން ވަނީ ރާއްޖެއިން ފައިބާފައެވެ.
އަދި ބާކީ ތިބި ސިފައިން މެއި 10ގެ ކުރިން ބޭލުމަށް ދެ ޤައުމުން މިހާރުވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު