އާރުޑީސީގެ މުވައްޒަފުން މަސައްކަތުގައި
އާރުޑީސީގެ މުވައްޒަފުން މަސައްކަތުގައި
ރޯޑް ޑިވޮލޮޕްމަންޓް ކަޯޕަރޭޝަން (އާރުޑީސީ) ގެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ވަރަށް އަވަހަށް ދައުވާކުރަން ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ ކުރީކޮޅު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އާރުޑީސީގެ 14 މިލިއަން ރުފިޔާ އެ ކުންފުނީގެ އިސް ތިން ބޭފުޅުންގެ އަމިއްލަ އެކައުންޓްގައި ދައުރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

އެ ދައުރުކުރި ފައިސާގެ ތެރެއިން އެކެއްގެ އެކައުންޓަށް އެކަނި 11 މިލިއަން ރުފިޔާ ދައުރުކުރި ކަމަށާއި އަދި ދެން ތިބި ދެ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އެކައުންޓަށް ވެސް އެއް މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ހަމައެއާއެކު އެ ފައިސާތައް ކުރީ ސަރުކާރާ ގުޅުން ހުރި ފަރާތްތަކުގެ އެކައުންޓަށް ވަދެފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ.

އެ މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރަމުން ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ.

"އުންމީދު މިކުރަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މައްސަލާގައިވެސް ދައުވާކުރަން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭވަރަށް އަޅުގަނޑުމެންނަށް ތަހްގީގް ފުރިހަމަ ކުރެވޭނެކަމަށް." ލޫޠު ވިދާޅުވިއެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެފައިސާތައް ދައުރުވި ކުރީ ސަރުކާރުގެ އިސް ފަރާތްތަކުގެ ނަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން