ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަ ކުރަށްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮރުން ދޮރަށް ކެމްޕޭން ފައްޓަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕީއެންސީގެ އިސް ބޭފުޅަކު "ރަސް އޮންލައިނަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ދޮރުން ދޮރަށް ކެމްޕޭން ހަރަކާތްތައް ރައީސް ފައްޓަވާނީ މިއަދު މެންދުރު ކަމަށެވެ.

އެގޮތުން ފުރަތަމަ ދޮރުން ދޮރަށް ވަޑައިގަންނަވާނީ ހެންވޭރު ހުޅަނގު ދާއިރާއަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ރައީސް މިހާތަނަށް ބޮޑަށް ކުރެއްވީ އަތޮޅުތަކަށް ވަޑައިގެންނެވެ،

އެގޮތުން މިދިޔަ މާޗު މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް 33 ދުވަހުން ރައީސް ވަނީ 150 ރަށުގެ ކައުންސިލާ ބައްދަލު ކުރައްވައިފަ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި 89 ކެނޑިޑޭޓުން ވާދަ ކުރާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން