އީސީގެ އެސްޖީ ޙަސަން ޒަކަރިއްޔާ (މ). އީސީއަށް އޭނާ އައްޔަނު ކުރުމަށް މަޖިލީހަށްވަނީ ހުށައަޅާފައި
އީސީގެ އެސްޖީ ޙަސަން ޒަކަރިއްޔާ (މ). އީސީއަށް އޭނާ އައްޔަނު ކުރުމަށް މަޖިލީހަށްވަނީ ހުށައަޅާފައި
އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާޙެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް މި އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ ހަތަރު ވަނަ މާއްދާއަށް ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ހުށަހެޅުއްވި އިސްލާހުގައި ވަނީ، އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމާއި ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ހުށައަޅައި އީސީގެ މެމްބަރުކަމަށް އައްޔަނުކުރާނެ ފަރާތެއް ފާސްކުރާނީ މަޖިލީހުން ކަމަށެވެ.

އެ އިސްލާހުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކުރާ ބޭފުޅަކު މެމްބަރަކު ކަމަށް އައްޔަން ކުރެއްވުމެވެ.

މިހާރު އޮންނަ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން، އާންމުކޮށް އިއުލާނު ކޮށްގެން ހުށަހަޅާ ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް ޢައްޔަނު ކުރާނެ މެމްބަރުގެ ނަން މަޖިލީހަށް ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް އީސީއަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މަޖިލީހުން ފާސްވުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް މިފަދަ އިސްލާހެއް ހުށައަޅާފައިވާއިރު ހުސްވެފައިވާ އީސީގެ މެމްބަރުކަމަށް މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް ރައީސް ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން