ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ބަދަލު ކުރަށްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ މިބަދަލު ގެނެސްފައިވަނީ ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

”2023 މާރިޗު 17 ވަނަ ދުވަހުން ފެށިގެން، ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޙައްވާ އިބްރާހީމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ.” ޖޭއެސްސީން މަޢުލޫމާތު ދީފައިވެއެވެ.

ޖޭއެސްސީ އަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ކޯޓު ތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުޢައްސަސާއެވެ.

އެގޮތުން ފަނޑިޔާރުން އަމިއްލަފުޅަށް އެދިވަޑައިގެން، މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމަކީ ޖޭއެސްސީން ކުރަމުން އަންނަކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން