ހިޔާ ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމުގެ މަސައްކަތް އޭޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ހުޅުމާލޭ ހިޔާ ފްލެޓްތަކުގައި އައު ލިފްޓްތައް ހަރުކޮށް ނިމޭނެ ތާރީޚެއް ސާފުކުރުމަށް ގދ. ފަރެސްމާތޮޑާ، ގަސްކޯނި، ޙަލީމާ ޝާހިޔާ، ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ލިފްޓް ހަރުކުރުމަށް ބަޔަކާ ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ލިފްޓްތަކުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިޔާ ކޮންމެ ޓަވަރެއްގައި 2 ލިފްޓް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެން އެއް ލިފްޓަކީ ބަލިމީހުން އުފުލުމަށްޓަކައި ސްޓްރެޗަރ އެރުވޭނެ ބޮޑު ލިފްޓެއް ކަމަށެވެ.
“އޭޕްރީލް މަސް ތެރޭގަ އިރާދަކުރެއްވިއްޔާ އެފަރާތުން ޢަމަލީ މަސައްކަތަށް ހިޔާ ފްލެޓް ސަރަޙައްދަށް މޮބިލައިޒް ކުރާނެ.” ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ ލިފްޓް ހަރުކުރުމުގެ އެގްރިމެންޓް ގައިވާ ގޮތަށް އެޑްވާންސް ޕޭމަންޓަށްވާ ފައިސާ ސަރުކާރުން އެފަރާތަށް ވަރަށް އަވަހަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެއް އަހަރުތެރޭގައި ހުރިހާ ލިފްޓެއް ހަރުކޮށް ނިންމަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ އެގްރިމެންޓް ގައި މަސައްކަތް ނިންމުމަށް 1 އަހަރު އޮތް ނަމަވެސް ވީހާވެސް އަވަހަށް އެ މަސައްކަތް ނިންމުމަށް ސަރުކާރުން ބާރު އަޅާނެ ކަމަށެވެ.
މިމަޝްރޫޢުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައި ވަނީ ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫޕާއެވެ. މިމަސައްކަތުގެ އެއްބަސްވުމެއްގައި އެޗްޑީސީން މިހާރުވަނީ އެ ގްރޫޕާއެކު ސޮއިކޮށްފައެވެ.
މިއެއްބަސްވުމުގެ ދަށުން މުޅި ޖުމްލަ 32 އާ ލިފްޓް ހިޔާ ޓަވަރު ތަކުގައި ގާއިމު ކުރާނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. މީގެތެރޭގައި ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއް ގާއިމުކުރުން ހިމެނެއެވެ.
މި މަޝްރޫއުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިންމާލެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.

ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) March 18, 2024
18 މާރިޗް 2024
ގދ. ފަރެސްމާތޮޑާ، ގަސްކޯނި، ޙަލީމާ ޝާހިޔާ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމޭނެ ތާރީޚަކާމެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/kQt5kkyA79
ރައީސް މިއަދު ވިދާޅުވީ އެގްރިމެންޓް ގައި މަސައްކަތް ނިންމުމަށް 1 އަހަރު އޮތް ނަމަވެސް ވީހާވެސް އަވަހަށް އެ މަސައްކަތް ނިންމުމަށް ސަރުކާރުން ބާރު އަޅާނެ ކަމަށެވެ.
މިމަޝްރޫޢުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައި ވަނީ ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫޕާއެވެ. މިމަސައްކަތުގެ އެއްބަސްވުމެއްގައި އެޗްޑީސީން މިހާރުވަނީ އެ ގްރޫޕާއެކު ސޮއިކޮށްފައެވެ.
މިއެއްބަސްވުމުގެ ދަށުން މުޅި ޖުމްލަ 32 އާ ލިފްޓް ހިޔާ ޓަވަރު ތަކުގައި ގާއިމު ކުރާނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. މީގެތެރޭގައި ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއް ގާއިމުކުރުން ހިމެނެއެވެ.
މި މަޝްރޫއުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިންމާލެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު