ހެލްތު މިނިސްޓަރ ޑރ. ޢަބްދުالله ޚަލީލު
ހެލްތު މިނިސްޓަރ ޑރ. ޢަބްދުالله ޚަލީލު
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އިމަޖެންސީ ލެބޯޓްރީގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތު މިނިސްޓަރ ޑރ. ޢަބްދުالله ޚަލީލު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ޞިއްޙީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ހަފުތާ 14 އެޖެންޑާގައި ހިމެނޭ މުހިންމު ވަޢުދެކެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޚަލީލު ވިދާޅުވީ ކުއްލި ހާލަތްތަކުގައި ކޮންމެހެން ހަދަން ޖެހޭ ޓެސްޓްތައް ހެދޭ މިންވަރަށް، ހުރިހާ ރަށެއްގައި ވެސް ލެބޯޓްރީ ހިދުމަތް ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އަދ އެކަމަށް ބޭނުންވާ ބައެއް ސާމާނު މިހާރު ގެނެސްފައިވާ ކަމަށާއި ހުރިހާ ތަކެއްޗެއް ހަމަވުމުން ރަށްރަށަށް އެސާމާނުތައް ފޮނުއްވާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

“މިހާރު ލެބޯޓްރީގެ ހިދުމަތް ނުލިބޭ ހުރިހާ ރަށެއްގައި، އެމަޖެންސީ ހާލަތުގަ ބޭނުންކުރެވޭ މިންވަރަށް ޚިދުމަށް ފެށުމަށް ތައްޔާރީތައް ވަމުން، އޭގެ ތެރެެއިން ބައެެއް ތަކެތި ވަނީ ޕްރެކުއާ ކުރެވިފައި، އެހެން ނަމަވެސް ފުލްކޮށް ޕްރޮކުއާ ނުކުރެވޭތީ އަޅުގަނޑުމެންނަށް ފޮނުވައިނުލެވިވަނީ.” ޑރ. ޚަލީލު ވިދާޅުވި އެވެ.

ޑރ. ޚަލީލް މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް މީގެކުރިން ވިދާޅުވެފައިވަނީ މި އަހަރުގެ މޭ މަހުގެ ކުރިން، މިހާރު ލެބޯޓްރީ ނެތް 72 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން