އެންމެ ލަސްވެގެންވެސް މެއި މަހު އީ-ވޮލެޓްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފް ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން އީ-ވޮލެޓުގެ ޚިދުމަތް ތަޢާރަފްކުރުމުގެ އަދާހަމައެއް އޮޅުންފިލުވުމަށް މާލެ ސިޓީ، މއ.ނައިޓްލައިޓް، ޢަބްދުﷲ އިނާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެންމެ ލަސްވެގެންވެސް މެއި މަހު އީ-ވޮލެޓްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފް ކުރެއްވުމަށް މަސައްކަތް ކުރަށްވާ ކަމަށެވެ.

"މޭމަހުގެ ތެރޭގައި އެންމެ ލަސްވެގެން އީ ވޮލެޓުގެ ޚިދުމަތް ތައާރަފްކުރެވިގެންދާނެ،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.



ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ އެ ކަމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން މިހާރު ވެސް ހަލުވި ދުވެލީގައި ކުރަމުން އަންނަކަމަށެވެ.

ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށާއި އީ-ވޮލެޓް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެދުމާ އެކު، ޕޭޕަލް އާއި އީ-ވޮލެޓް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ކެބިނެޓުން މީގެކުރިން ވަނީ ނިންމައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން