ތައިލެންޑްގެ އިމިގްރޭޝަން ޑިޓެންޝަނުގައި ދިވެއްސަކު ރާއްޖެ ނާދެވި ހުންނަތާ ތިން މަސްވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ ނާދެވި ތައިލެންޑުގައި ތާށިވެފައިވަނީ ލ. އަތޮޅަށް ނިސްބަތްވާ ދިވެއްސެކެވެ. އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑްގައި ޙުކުމެއް ތަންފީޒު ކުރުމަށްފަހު މިހާރު މިނިވަން ވެފައިވާ މީހެއް ކަމަށް ވެއެވެ.

ޒަރީރު ނަމަކަށް ކިޔާ އެމީހާއަށް ރާއްޖެ ނާދެވި ތައިލެންޑުގެ ޑިޓެންޝަނުގައި ތާށިވީ ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީން އެއާލައިންތަކަށް އޭނާގެ ކުށުގެ ރެކޯޑުގެ މަޢުލޫމާތު ޙިއްސާކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެއަރލައިންތަކުން ވަނީ އޭނާއަކީ ހައި ރިސްކް ޕަސެންޖަރެއް ކަމަށް ކަނޑައަޅާފައިކަމަށް އޭނާގެ ވަކީލާ ޙަވާލާދީ ޢާއިލާއިން ވަނީ ބުނެފައެވެ. އެހެންކަމުން ރާއްޖެ ނާދެވި އޭނާ ތައިލެންޑްގެ އިމިގްރޭޝަން ޑިޓެންޝަނުގައި ހުންނަތާ 3 މަސް ވަނީ ވެފައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށްލާފައި ވަނިކޮށް ތައިލެންޑްގެ ރަސްގެފާނުގެ މާފެއްގެ ދަށުން މިނިވަންވި މިމީހާގެ މައްސަލާގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ރަސްމީކޮށް މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން