ވިލިމާލޭ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ވިލިމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ލިބޭނެ ދުވަހެއް އޮޅުންފިލުވުމަށް ވ. ފަޒީލާމަންޒިލް، އަޙުމަދު ޝިފާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުން ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ނިމުމުން އެ އަވަށުގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދަން މާލެ އަންނަން ނުޖެހޭނެ ކަމަށެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން ބިނާކުރަން ނިންމާފައިވާ އެ ހޮސްޕިޓަލްގައި މިހާރު ކުރިއަށްދަނީ ޓެކްނިކަލް ބައެއް މަސައްކަތް ކަމަށާއި ހޮސްޕިޓަލް އަޅަން ބޭނުންވާ ބިން ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށާ މަންޒަރު ފެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ވިލިމާލޭގައި ވިލިމާލޭ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ވަރަށް އަވަހަށް ގާއިމުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.



ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހު ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން