ކުޑަކުދިީންނަށް ޖިންސީ ގޯނާކުރާ މީހުން ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިމޭރުމުން ވިދާޅުވެފައިވާއިރު ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯޑުކުރި މީހަކަށް ދައުވާ ނުކޮށް ޕީޖީ އޮފީހުން ވަނީ އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައެވެ.
ޕީޖީ އޮފީހުން ބުނީ ޤާނޫނުގައި ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުން ވަކި ކުށެއްގެ ގޮތުގައި ނޯންނަ ކަމަށާއި ހަމަ އެކަނި އޮންނަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ކަމަށެވެ. އެއީ އަސާސީ އަދަބަކަށް 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޮންނަ ކުށެކެވެ.
ރައީސް މިއަދު މީސްމީޑިއާއަށް ދޫކޮށްލެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށެވެ.
“މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ ދަންނަވަމުން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި މުޖުތަމަޢަކީ އެފަދަ ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ރައީސް މިމޭރުމުން ވިދާޅުވެފައިވާއިރު ތ. ވޭމަންޑޫގައި 13 އަހަރުގެ ކާފަ ދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރި، 69 އަހަރުގެ ކާފަ ޝަރުތުތަކަކާ އެކު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދަޢުވާގެ ޝަރީއަތް ކޯޓުގައި ހިނގަމުން ދާއިރު އެމީހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން މާދަމާ ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ރާއްޖޭގައި ކުޑަކުދިންގެ އޮރިޔާން ފެންނަ ފޮޓޯ އާއި ވީޑިއޯ ޑައުންލޯންޑު ކުރުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށް މިދިޔަ ހަފުތާގައި ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި، އެކްޓިން ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްއަތު ރައޫފް ވަނީ ވިދާޅުވެފައެވެ.
އަދި އެފަދަ ކަންކަން މޮނީޓާ ކުރާ ބޭރުގެ ފަރާތްތަކުން މިދިޔަ އަހަރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން. މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ…
— Dr Mohamed Muizzu (@MMuizzu) March 23, 2024
ރައީސް މިމޭރުމުން ވިދާޅުވެފައިވާއިރު ތ. ވޭމަންޑޫގައި 13 އަހަރުގެ ކާފަ ދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރި، 69 އަހަރުގެ ކާފަ ޝަރުތުތަކަކާ އެކު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދަޢުވާގެ ޝަރީއަތް ކޯޓުގައި ހިނގަމުން ދާއިރު އެމީހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން މާދަމާ ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ރާއްޖޭގައި ކުޑަކުދިންގެ އޮރިޔާން ފެންނަ ފޮޓޯ އާއި ވީޑިއޯ ޑައުންލޯންޑު ކުރުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށް މިދިޔަ ހަފުތާގައި ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި، އެކްޓިން ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްއަތު ރައޫފް ވަނީ ވިދާޅުވެފައެވެ.
އަދި އެފަދަ ކަންކަން މޮނީޓާ ކުރާ ބޭރުގެ ފަރާތްތަކުން މިދިޔަ އަހަރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު