ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ބަންދުގައި ހުރި ކާފަ ދޫކޮށްލީ ކޯޓުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިޙްސާން މިމޭރުމުން ވިދާޅުވެފައިވާއިރު ތ. ވޭމަންޑޫގައި 13 އަހަރުގެ ކާފަ ދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރި، 69 އަހަރުގެ ކާފަ ޝަރުތުތަކަކާ އެކު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދަޢުވާގެ ޝަރީއަތް ކޯޓުގައި ހިނގަމުން ދާއިރު އެމީހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން މާދަމާ ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ބަންދުގައި ހުރި ކާފަ ދޫކޮށްލާފައިވާތީ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރ އިޙްސާން ވިދާޅުވީ ތަހުގީގު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކުރުން ނުވަތަ ލުއި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ.

އަދި އެ ނިންމުން ނިންމާނީ ރާއްޖޭގެ ކޯޓުތަކުން ކަމަށް އަލީ އިހްސާން ވިދާޅުވިއެވެ. ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި މިފަދަ ކަންކަން ސާފުވުން މުހިންމުކަމުގައި އަލީ އިހްސާން ވިދާޅުވިއެވެ.

”މީގެ ދެތިން ދުވަސް ކުރިން ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގިކަމުގެ ދައުވާގައި ބަންދުގައި ހުރި މީހަކު ކޯޓުން ދޯކޮށްލުމުން އެކަން ހިނގި ގޮތް ރައްޔިތުންނަށް އޮޅުވާލަމުން ދާތީ އެކަން ސާފުކޮށްދެން. އެ ނިންމުމަކީ ކޯޓުގެ ނިންމުމެއް. ސަރުކާރުގެ ނިންމުމެއް ނޫން. އެ ނިންމުން ޕީޖީން ދަނީ އިސްތިއުނާފު ކުރަން.” އަލީ އިހްސާން ވިދާޅުވިއެވެ.



އިޙްސާން މިހެން ވިދާޅުވެފައިވާއިރު ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫންކަމަށް ރައީސް ޑރ. މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ހުކުމް

01-Apr-2024

ކުރިން ވެސް ހަމަ ކޯޓުން. އެކަމަކު ކަލޭމެން އެހެން އެއްޗެކޭ ކިޔަަފަ ތެޅުނީ


0

އަހުމަދުރަޝީދު

23-Mar-2024

އަޅުގަނޑު ގެދަރިފުޅުރޭޕްކުރި ދޮބައްޕަޔަކު ވެސްވަނީ މިދިޔައަހަރު ފަހުކޮޅުގައި ގދ.ތިނަދޫ ކޯޓުން ދޫކޮށްލާފައި



ޓްރެންޑިން