ކ. މާފުށިީގެ ދެކުނު ފަރާތުން ހިއްކާފައިވާ ސަރަހައްދުން ގޯތި ވިއްކުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ކ. މާފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށުގެ އަލަށް ހިއްކި ބިމުން ހަ ގޯތި ވިއްކަން ބޭނުންވާ ކަމަށެވެ.
އެގޮތުން މާފުށީގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ވިއްކަން ހުޅުވައިލި 6 ގޯތީގެ ސައިޒުތައް އުޅެނީ 1،961.42 އާއި 1،961.48 އަކަފޫޓާ ދެމެދުގައެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިކުރާ މާފުށިން ވިއްކާ މި 6 ގޯތީގެ ބީލަމުގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 2،000 ރުފިޔާއެވެ.
ގޯތި ގަތުމަށް ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ބިޑު ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 30،000 ރުފިޔާ އަށެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000 ރުފިޔާ ބަހައްޓަންޖެހެ އެވެ.
އޭގެއިތުރުން ބިޑު ކާމިޔާބު ކުރާ ފަރާތްތަކުން 50،000 ރުފިޔާގެ އެޑްވާންސެއް ދައްކަންޖެހެއެވެ. އަދި ބިޑު ކާމިޔާބުކުރާ ޖުމްލަ އަގު 30 ދުވަހުގެ ތެރޭގައި ކައުންސިލަށް ދައްކާ ހަލާސްކުރަންޖެހެ އެވެ.
ބިޑު ފޮތް ގަތުމުގެ ފުރުސަތު މާދަމާއިން ފެށިގެން އޭޕްރީލް 24 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ބިޑު ހުށަހެޅުން ހަމަޖަައްސާފައިވަނީ މެއި 5 ވަނަ ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު