ޗައިނާގެ ސާވޭ އުޅަނދަށް ރާއްޖޭގެ ސަރަޙައްދުގައި އެއްވެސް ސަރވޭއެއް ކުރުމުގެ ހުއްދަ ދީފައި ނުވާނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވީ ޗައިނާގެ އެ އުޅަނދު 2022 ވަނަ އަހަރުވެސް ހަމަ އެގޮތަށް ރާއްޖޭގެ ސަރަހައްދު ކައިރީގައި ހަރަކާތްތެރިވިކަމަށެވެ.
މިނިސްޓަރ މިއަދު ވިދާޅުވީ ޗައިނާ އުޅަނދަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އެއްވެސް ރިސާޗެއް ކުރުމަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި އެ އުޅަނދު ފެބްރުއަރީމަހު ރާއްޖެއަށް ބަނދަރު ކުރީ، ހަމައެކަނި ކްރޫން ބަދަލު ކުރުމަށް ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
“ދިވެހިރާއްޖޭގެ ސަރަޙައްދުގައި އެއްވެސް ރިސާޗެއް ކުރުމުގެ ހުއްދައެއް ދީފައި ނޯންނާނެ. މާލެއަށް ބަނދަރުކޮށް ކާބޯތަކެތި ގަނެގެން މަތިންދާ ބޯޓުން އައިބަޔަކު އެ ބޯޓަށް އަރާފަ އެ ބޯޓުގައި ތިބި މީހުން މަތިންދާބޯޓުގެ ޒަރިއްޔާއިން ފުރައިގެން ދިޔައީ. އެއީ ދެވުނު ހުއްދައަކީ.” ޣައްސާން މިއަދު ވިދާޅުވިއެވެ.
ޗައިނާގެ އުޅަނދެއް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައާއި ބޯޑަރު ކައިރީގައި ހަރަކާތްތެރިވަމުން ދަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. އެ އުޅަނދުން ރާއްޖޭގެ ސަރަޙައްދުގައި ކުރަމުންދާ މަސައްކަތުގެ އެއްވެސް މަޢުލޫމާތެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު