އިންޑިއާ ސިފައިން ރާއްޖޭގެ މަސްދޯނިތަކަށް އެރީ އޮޅުމަކުން ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ދިވެހި ތިން ދޯންޏަކަށް އިންޑިއާގެ ދެ ބޯޑިން ޓިމަކުން އެރި މައްސަލައިގައި ޣައްސާން މިއަދު މަޖިލީހުގައި ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގެ ދޯނިތަކަށް އަރާފައި ވަނީ އޮޅުމެއްގެ ތެރެއިން ކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އިންޑިއާގެ އެވާހަކަތައް ޤަބޫލު ކުރަށްވާ ކަމަށްވެސް ޣައްސާން މިއަދު ވިދާޅުވިއެވެ.
މަސްވެރިކަން ކުރަމުން ދިޔަ ރާއްޖޭގެ މަސް ދޯންޏަކަށް އިންޑިއާ ސިފައިން އަރައި ސުވާލުކޮށް، ސެޓްލައިޓު ފޯނުގެ ނަމްބަރު ހޯދަން މަސައްކަތް ކުރި މައްސަލައިގައި ޣައްސާން ވިދާޅުވީ އިންޑިއާގެ ސަރަހައްދުގައި ސެޓްލައިޓް ފޯނު ބޭނުން ކުރުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިއީ ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ އޮތް ވަސީލަތެއް ކަމަށާއި، ވަކި ސަރަހައްދަކުން ބޭރަށްދާނަމަ އެ ފޯނު ބޭނުން ކުރުން ރާއްޖޭގެ ޤާނޫނުން މަސްވެރިންނަށް ލާޒިމް ވާނެ ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.
“ވަރަށް ބޮޑަށް ގަބޫލު ކުރަން މިސް ކޮމިއުނިކޭޝަންއެއްކަމަށް. އެދުވަސްކޮޅު ނިއުދިއްލީއަށް ކުރި ދަތުރުގައި އިންޑިއާގެ އެންމެ މަތީ ލެވެލްގެ ޕޮލިސީގެ ބޭފުޅުންނާ ބައްދަލުވީމަ ވެސް ދެއްވި ޖަވާބަކީ އެއީ. އަޅުގަނޑުމެން އެ ވާހަކަ ގަބޫލު ކުރަން.” ޣައްސާން މިއަދު ވިދާޅުވިއެވެ.
އިންޑިއާ ސިފައިން މަސްދޯނިތަކަށް އެރުން ފަދަ ކަންތައްތައް ހިނގިޔަ ނުދިނުމަށް ޓަކައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ވަސީލަތްތައް އިތުރުކުރުން ކަމަށާއި ސަރުކާރުން އަންނަނީ އެ މަސައްކަތް ކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އިންޑިއާގައި އަޅުގަނޑުމެންގެ ޑިފެންސް އެޑްވައިޒަރެއް، ބްރިގޭޑިއާ ޖެނެރަލެއް ހުންނަވާ، އަދި ދިވެހިރާއްޖޭގައި އިންޑިއާގެ ޑިފެންސްް އެޑްވައިޒަރެއް ވެސް ހުންނަވާ. އަދި އިންޑިއާގެ ނޭވީ ފިއުޒަން ސެންޓާ، އެއީ ގުރުގާއުން ގައި ހުންނަ ނޭވީ ފިއުޒަން ސެންޓާގައި ދިވެހިރާއްޖޭގެ ކޯސްޓްގާޑްގެ ލިއޭޒޯން އޮފިސަރެއް ވެސް ހުރޭ،" ޣައްސާން ވިދާޅުވި އެވެ.
މި މައްސަލާގައި ޣައްސާން ވަނީ 241 ކޮމެޓީއަށް ވެސް ހާޒިރު ކޮށްފައެވެ. މި މައްސަލާގައި އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި މީގެ ކުރިން ބުނެފައިވަނީ، ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކަކުން ކަމަށެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެކި ފަރާތްތަކުންވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު