އިންޑިއާ ސިފައިންގެ ބަދަލުގައި ގެނައި އިންޑިއާގެ މަދަނީން ރާއްޖޭގައި ތިބޭނީ ދެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ތިން ސަރަހައްދެއްގައި 89 އިންޑިއާ ސިފައިން ތިއްބެވެ..
ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބެލެހެއްޓުމަށް ގެންނަ އިންޑިއާގެ މަދަނީން މުޅި އުމުރަށް ރާއްޖޭގައި ނުތިބޭނެ ކަމަށެވެ.
އަދި އެމީހުން ގެންނަނީ ޖުމްލަ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް މިމޭރުމުން ވިދާޅުވެފައިވާއިރު އިންޑިއާ ސިފައިން އޮޕަރޭޓް ކުރަމުން އައި ވައިގެ އުޅަނދުތައް ބަލަހައްޓަން އެގައުމުގެ 26 މަދަނީން މިހާރު ވަނީ ރާއްޖެ އައިސްފައެވެ. އެމީހުން އޮޕަރޭޓް ކުރާނީ އައްޑޫގައި ހުރި ވައިގެ އުޅަނދުތައް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އޭގެއިތުރުން އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ބެލެހެއްޓުމަށް މިހާރު ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ޤާއިމުވެތިބި އިންޑިއާ ސިފައިންވެސް އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ބޭލުމަށް ދެ ޤައުމުގެ ސަރުކާރުން މިހާރުވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު