ބިދޭސީ މީހާ މަރާލި ސަރަޙައްދު
ބިދޭސީ މީހާ މަރާލި ސަރަޙައްދު
ތ. ގުރައިދޫ ގައި ބިދޭސީއަކު މަރާލި މައްސަލާގައި ގަސްދުގައި މީހަކު މަރާލިކަމުގެ ދަޢުވާ އުފުލައިފިއެވެ.

މިއަހަރުގެ މެއި 20 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގުރައިދޫގައި މަސައްކަތް ކުރާ ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ބަންގްލަދޭޝް މީހެކެވެ.

ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާޙް އަލަމްއަށް ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ތ. ގުރައިދޫ ކަންޑަރު ސަރަހައްދުގައިހުރި ސައިޓެއްގެ ތެރޭގައި ފުން ޒަޚަމްތަކަކާއެކު ޝާހް އަލަމް މަރުވެފައި އޮއްވާ ފެނިފައިވާ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ބަބުލް މިއަހް ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ކަމަށް ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވިއެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ ފަސް ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ޝާހް އަލަމް މަރާލާފައިވަނީ މެއި 20ވަނަ ދުވަހުގެ ރޭ 00:45 ހާއިރު ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށާއި، އެ މާރާމާރީގައި މަރާލާފައިވަނީ ގުރައިދޫގައި ދަނޑުވެރިކަން ކުރުމުގައި އުޅެމުން އައި އުމުރުން 35-40 އަހަރާ ދެމެދު ބަންގްލޭޝަށް ނިސްބަތްވާ ޝާހު އަލަމް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ސައިޓު ކުރިމަތިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން