ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ކުރަށްވަމުން ގެންދަވަނީ ޕީޕީއެމްގެ އާއްމު މެންބަރުން ޙަވާލުކުރި މަސައްކަތް ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިމޭރުމުން ވިދާޅުވެފައި މިވަނީ ޕީޕީއެމް/ ޕީއެންސީއަށް އެއްވެސް ދިރުމެއް ދެއްވުމަށް ރައީސް ޑރ. މުއިއްޒު ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅިގެން ޣައްސާން ވިދާޅުވީ ޕީޕީއެމް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށާއި އެ ޕާޓީގައި އެއްވެސް ހީނަރުކަމެއް ނެތް ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިހާބަށް ރައީސް ޑރ. މުއިއްޒު ނިކުމެ ވަޑައިގަތީ ޕްރޮގްރެސިވް ކޯލިޝަނުން އެންގި ފޯމިއުލާއެކު، އެ ކޯލިޝަނުގެ ހުރިހާ ގުނަވަންތަކާއިިިިިިިިިި ޕާޓީގެ އާންމު މެމްބަރުންގެ އިތުބާރާއި ތާއީދާއެކު ކަމަށް ޣައްސާން ވިދާޅުވިއެވެ.

“ސަފުތަކަކަށް ހީނަރުކަމެއް ނާދޭ. އިންޝާالله! ނުވެސް އަންނާނެ.” ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ މިއަދުވެސް އޮތީ ކުރިންވެސް އޮތް ޙާލަތު ކަމަށާއި ޕީޕީއެމުން ދާނީ ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތު ކަމާއެކު ވަރުބަލި ކަމެއްނެތި ހަރަކާތްތެރިވަމުން ކަމަށެވެ.





އޭގެ އިތުރުން މި ސަރުކާރަށް ހީނަރުކަމެއް ގެނައުމުގެ ވިސްނުމެއްވެސް ޕީޕީއެމްގެ ލީޑަރޝިޕްގައި ނެތްކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން މިހެން ވިދާޅުވެފައިވާއިރު ޕީއެންއެފްގެ ހަރުގެ ޖަލްސާތަކުގައި ރައީސް ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން މި ސަރުކާރަކީ ޕީޕީއެމްގެ އަސާސްތަކާ ދުރު ޚަރަދުބޮޑު ސަރުކާރެއްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން