އުމްރާއަށް ފުރުމުގެ ކުރިން ޢުމްރާއަށް ގެންދާ ޖަމާއަތުގެ ހުއްދަ އޮތްތޯ ބެލުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސް ކުރަށްވައިފިއެވެ.
ޑރ. ޝަހީމް ރޭ ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ޖަމާއަތްތަކުގެ ލިސްޓް އާއްމު ކޮށްފައިވާ ކަމަށާއި އުމްރާއަށް ދިއުމުގެ ކުރިން އެ ޖަމާއަތަކީ އެ ލިސްޓްގައި ހިމެނޭ ޖަމާއަތެއްތޯ ޔަގީން ކުރެއްވުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ.
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިހާތަނަށް 50 ކުންފުންޏަކަށް ހުއްދަ ދީފައިވާއިރު ހަތަރު ކުންފުންޏެއްގެ ހުއްދަ މި މާޗު 2024އަށް ވަނީ ހަމަވެފައެވެ.
އިސްލާމިކް މިނިސްޓަރ މިފަދަ އިލްތިމާސެއް ކުރަށްވާފައިވާއިރު ރާއްޖޭން މިފަހަރު ޢުމްރާއަށް މީހުން ގެންދިޔަ ޖަމާޢަތަކުން ޢުމްރާވެރިންގެ ޓިކެޓްތަކަށް ފައިސާ ނުދައްކައިގެން އެ ޢުމްރާވެރިންނަށް ރާއްޖެ ނާދެވިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
އެ މައްސަލާގައި ޢުމްރާއަށް މީހުން ގެންދިޔަ ގްރޫޕް ގޮވައިގެން ކޯޓަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ޓިކެޓް ވިއްކި ޓްރެވަލް އެޖެންސީން މިހާރުވަނީ ދީފައެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ އަލް މަޝައަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހުއްދަ މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ބާތިލުކުރި ނަމަވެސް މިއަހަރު އެޖަމާއަތުން މީހުން އުމްރާއަށް ގެންގޮސްފައިވަނީ އެ ގްރޫޕްގެ ނަން ޓްރެވެލް އެޖެންސީއެއްގެ ނަމަށް ބަދަލުކުރުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު