ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދުކުރަން ސަރުކާރުން ނިންމެވީ ފަހު 10ގެ ރޭއަޅުކަމަށް ފުރުޞަތު ދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ފުވައްމުލައް ސިޓީ, ނިއުވެލީ, އަލީ ޝަފީޢު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ފަހު ދިހައިގެ ދުވަސްތައް ސަރުކާރު ބަންދުކުރަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި ހެނދުނު އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށް ކަމަށެވެ.

“ރަމަޟާންމަހުގެ ބަރަކާތާ ސަވާބު ހޯދުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި ފަހު 10 ގެ ދުވަސްތަކަކީ ޚާއްސަ ދުވަސްތަކެއް.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަހު 10 ގައި ސަރުކާރު ބަންދު ކުރުމުގެ ބޭނުން ހެޔޮގޮތުގައި ހުރިހާ ރައްޔިތުންވެސް ހިފާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

ސަރުކާރުން މިހާރު ވަނީ ރަމަޟާން މަހުގެ ފަހު 10 އެއްގައި ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް ޚާއްސަ އެލަވަންސެއް ދިނުމަށްވެސް ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން