ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި އިމަޖެންސީކޮށް އައިޑީކާޑު ހެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ޚާއްސަ ހޮޓްލައިނެއް ޤާއިމްކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން މިއަދު ބުނެފައިވަނީ ސަރުކާރު ބަންދު ދުވަސްތަކުގައި އިމަޖެންސީކޮށް އައިޑީކާޑު ހެއްދުމަށް ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ 7280368 ނަންބަރު ފޯނަށް ގުޅުއްވުމުން އެކަމުގެ އިންތިޒާމްތައް ހަމަޖެހޭނެ ކަމަށެވެ.



ޑީއެންއާރް އިން މިހާރު ވަނީ ރޯދަމަހު ފަހު 10 ގައި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ދޭނެ ގަޑިތަކާއި ދުވަސްތަކުގެ މައުލޫމާތުވެސް އާންމުކޮށްފަ އެވެ.

އެގޮތުން ރޯދަ މަހު ފަހު 10ގައި އައިޑީ ކާޑު ދޫކުރާނީ އޭޕްރީލް އެއް ވަނަ ދުވަހާއި ތިންވަނަ ދުވަހުގެ އިތުރުން އަށް ވަނަ ދުވަހު އެވެ. އެ ދުވަސް ތަކުގައި ހިދުމަތް ދޭނީ ހެނދުނު 09:15 އިން 11:30 އަށެވެ. އަދި ދޫކުރާނީ 150 ނަންބަރެވެ.

ރޯދަ މަހު ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވިފައި ހުންނަނީ ހެނދުނު ނުވަޔަކުން އެކަކަށެވެ. ނަމަވެސް މި ފަހަރުގެ ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު އޮފީސްތައް ބަންދު ކުރުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން