ޤާނޫނު ބަދަލުކޮށްގެން ނަމަވެސް މަގޫދޫ އެއަރޕޯޓް އަނބުރާ ހޯއްދަވާނެ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ ވިދާޅުވެއްޖެއެެވެ.

ޢީސަ މި މޭރުމުން ވިދާޅުވެފައިވާއިރު މަގޫދޫގައި އަޅަމުންދިޔަ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައިވާ ކަމަށްބުނެ އެރަށު ކައުންސިލުންނާއި ރައްޔިތުން ވަނީ މީގެ ދެރޭ ކުރިން އެރަށުގައި އިޙްތިޖާޖު ކޮށްފައެވެ. ރައީސް ޞާލިޙްގެ ސަރުކާރުން މަގޫދޫގައި ފެށި އެއަރޕޯޓްގެ މަސައްކަތް ހުއްޓުނީ ސިޔާސީ ގޮތުން ބަޔަކު ނުފޫޒު ފޯރުވައިގެން ކަމަށް އެ އިޙްތިޖާޖުގައި ރަށު ކައުންސިލްގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ކެމްޕެއިން ސްޕޯކްސްޕަރސަން އަޙްމަދު އީސާ ވިދާޅުވީ އެމްޑީޕީއާ ނުކުޅެވޭނެ ކަމަށާއި 20 ވަނަ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީން ހޯދާނެ ކަމަށެވެ. އަދި މަގޫދޫ ރައްޔިތުންނަށް އެއަރޕޯޓްވެސް އަނބުރާ ހޯއްދަވާ ދެއްވާނެ ކަމަށް އީސަ ވިދާޅުވިއެވެ.

“ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބުނި ޙައްޤު އަޅުގަނޑުމެން މިޕާޓީން ކަށަވަރުު ކުރާނަން.. ޤާނޫނު ބަދަލުކޮށްގެން ވެސް ރޭގަނޑު ދަންވަރު ވަގަށް ނަގައިގެން ކޮނޑުލައިގެން ގެންދިޔަ އެއަރޕޯޓް އަނބުރާ އޮތްތަނަށް އަޅުގަނޑުމެން ގެންނާނަން.” ޢީސަ ވިދާޅުވިއެވެ.

މަގޫދޫ އެއަރޕޯޓް ނިލަންދުއަށް ބަދަލުކުރި ކަމަށް އެމްޑީޕީން ތުހުމަތު ކުރަމުން ދިޔަ ނަމަވެސް އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވަނީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއު އެ ކުންފުނީގެ ޕްރޮޖެކްޓް ލިސްޓްގައި އަދިވެސް ހިމެނޭ ކަމަށެވެ.

މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 550 ދުވަހުގެތެރޭ ނިންމާ ގޮތަށް 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ރައީސް ޞާލިޙް އޭރު ވިދާޅުވެފައިވަނީ މަގޫދޫ އެއަރޕޯޓް ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ އެއަރޕޯޓަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން