ތިރީސް ފަސް އަހަރުން މަތީގެ މީހުން މެޑިކަލް ޗެކަޕް ހަދަން އާސަންދަ ޕެކޭޖު ތައާރަފްކޮށްފި އެވެ.
މިއީ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނާފައިވާ ވަޢުދުގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް މަގުފަހި ކުރުމަށްޓަކައި ތައާރަފްކުރި ޕެކޭޖެކެވެ. އެގޮތުން މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ވަނީ ތައާރަފްކޮށްފަ އެވެ.
މިއަަހަރުގެ ފުރަތަމަ ދުވަހު ތައާރަފްކުރި މެޑިކަޕް ޗެކަޕް ޕެކޭޖް ތަންފީޒު ކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިޢާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖަށްވަނީ ބަދަލުގެނެވިފައެވެ. އެގޮތުން 19 އަހަރުންމަތީގެ އުމުރު ފުރާތަކަށް ޚާއްޞަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.
އަދި މިއަދުން ފެށިގެން އިތުރުކުރެވޭ އުމުރުފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ.
ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެއެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައްވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަންޖެހޭ ޚާއްސަ ޓެސްޓްތައްވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އާސަންދަ ކުންފުނިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު