އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު މިއަދު ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވި މެމްބަރުގެން ތެރެއިން 33 މެމްބަރުންގެ ވޯޓުންނެވެ.

ޝާހިދު މިއަދު ވިދާޅުވީ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އިސްނަގައިގެން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ހަރުދަނާކުރުމަށާއި ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެެއް ކަމަށެވެ.

"ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން، އެއިންތިޚާބުކުރި ޕާޓީގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ލިބި، އަދި ބަދަލުކޮށްފިނަމަ އެރައްޔިތުންނަށް އެކަމުގައި އިތުރަށް ބަސްބުނެވޭނެކަމުގެ ޔަޤީންކަން ލިބުމަކީ ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެެއް." ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދު ވަނީ ލަސްނުކުރައްވާ ވީހާވެސް އަވަހަކަށް އެބިލް ތަސްދީޤުކުރެއްވުމަށް ރައީސް ޑރ މުޢިއްޒަށް ގޮވާލައްވާފައެވެ.



ޕާޓީ ބަދަލު ކުރުމުން އިންތިޚާބީ މަޤާމުތައް ގެއްލޭ "އެންޓި-ޑިފެކްޝަން ބިލު" މަޖިލީހުގެ މެންބަރުންނާއި، ކައުންސިލަރުންގެ މައްޗަށްވެސް ތަންފީޒު ކުރެވޭނެއެވެ.

މިބިލުގައި ޕާޓީ ބަދަލުކޮށްފިނަމަ އިސްތިއުފާ ދޭންޖެހޭނެ ތިން ހާލަތެއް ވަނީ ބަޔާންކޮށްފައެވެ. އެ ތިން ހާލަތަކީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުން، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުން އަދި އަމިއްލަގޮތުން އިންތިޚާބުވެފައި ޕާޓީއަކަށް ސޮއިކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން