ޝަރުތު ހަމަވާ 4 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެމްޑީޕީ އާއި ޕީއެންސީ ފިޔަވައި ޝަރުތު ހަމަވާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އެމްޑީޕީއަށް ފައިސާ ދޫކުރުމަށް ފޮނުވާފައިނުވަނީ އެ ޕާޓީގެ އަހަރީ ރިޕޯޓް ލިބުން ލަސްވުމާ ގުޅިގެން ކަމަށް އީސީން މަޢުލޫމާތުދެއެވެ.
އޭގެއިތުރުން ވެރިކަންކުރާ ޕީއެންސީއަށް ފައިސާ ދޫކުރުމަށް ނުފޮނުވީ، އެ ޕާޓީގެ އެކައުންޓު ނަންބަރު އަދި ހަމަނުޖެހޭތީއެވެ.
މި އަހަރު ފައިސާ ދޫކުރައްވަން ޝަރުތުހަމަވި ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އަދާލަތު ޕާޓީއެވެ. ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ދަޢުލަތުގެ ބަޖެޓުން 44.09 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން 31 ޑިސެމްބަރ 2023ގެ ނިޔަލަށް އެމްޑީޕީގައި ތިބީ 52،142 މެމްބަރުންނެވެ. އެހެންކަމުން ދަޢުލަތުގެ ބަޖެޓުން އެޕާޓީއަށް 15،101،580.43 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދެން އެންމެ ގިނައިން ފައިސާ ލިބެނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށެވެ. އެ ޕާޓީގައި 36،223 މެމްބަރުން ތިބި އިރު، 10،491،054.20 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި 28،201 މެމްބަރުން ތިބި އިރު، އެ ޕާޓީއަށް ދޭން ހަމަޖެހިފައިވަނީ 8،072،689.58 ރުފިޔާއެވެ. ޖުމްހޫރީ ޕާޓީގައި 18،349 މެމްބަރުން ތިބި އިރު، އެ ޕާޓީއަށް 5،314،312.83 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.
އެންމެ މަދުން ލިބެނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށެވެ. އަދާލަތު ޕާޓީގައި 8،796 މެމްބަރުން ތިބި އިރު، އެ ޕާޓީއަށް 2،547،533.69 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑީއޭގައި 8،555 މެމްބަރުން ތިބި އިރު، އެ ޕާޓީއަށް ދޭން ހަމަޖެހިފައިވަނީ 2،477،734.28 ރުފިޔާއެވެ.
ރާއްޖޭގައި އުފައްދާފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި ލިސްޓުގައި ނުހިމެނެނީ އެމްއެންޕީ، އެމްޓީޑީ، އެމްއާރުއެމް އަދި ދަ ޑިމޮކްރެޓްސްއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. މި ޢަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު