އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ އުޅަނދުތައް މިހާތަނަށް 75 ދަތުރު ކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.
މޯލްޑިވިއަނުން މިއަދު ބުނީ، ޑޮމެސްޓިކް އަދި ސީޕްލޭން ރޫޓުތަކުގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްފަހު، މިހާތަނަށް 75 ދަތުރު ކޮށްފައިވާ ކަމަށެވެ. އަދި އެއަރ އެމްބިއުލާންސްގެ ޚިދުމަތުން ރާއްޖެއަށް ތަފާތު ގެނައުމުގެ މަސައްކަތް ކުރިއަށް ދާކަމަށް މޯލްޑިވިއަނުން މަޢުލޫމާތު ދީފައިވެއެވެ.
އެއަރ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށާފައި ވަނީ މިިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
ސަރުކާރުން އެއާ އެމްބިއުލާންސްގެ ގޮތުގައި ދެ ބޯޓެއް ހާއްސަ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އިއުލާނު ކުރެއްވިއެވެ. އެއީ ޑޭޝް-8 ގެ ބޯޓަކާއި ސީ ޕްލޭނެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގައި ބަލި މީހުން ރާއްޖެއިން ބޭރަށްވެސް ގެންދިއުމެވެ. އެގޮތުން، އެކަމުގެ މަޝްވަރާތައް އަވަށްޓެރި ސްރީލަންކާއާއެކު ކޮށްފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި ދެ ގަޑިއިރު ތެރޭގައި ފްލައިޓު ދަތުރުކުރަން ހުއްދަ ދޭން ނިންމައިފައެވެ.
މިއަހަރުގެ މާރޗް ފުރަތަމަ ދުވަހު ރާއްޖޭގައި އަލަށް އިފްތިތާހުކުރި އެއާ އެމްބިއުލާންސް ޚިދުމަތުގެ ފުރަތަމަ ދަތުރު މާރޗް ދެވަނަ ދުވަހު ކޮށްފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ.

ކިޔުންތެރިންގެ ހިޔާލު