މި ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ އެކިފަރާތްތަކަށް ދީފައިވާކަން ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކައިފިއެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން ޢާއްމުކޮށްފައިވާ ރިޕޯޓުން ސަރުކާރުން ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން އެނގެން އޮތް ނަމަވެސް އެ ފައިސާ ދިނީ ކޮން ބަޔަކަށްކަން އެނގޭކަށް ނެތެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް މި އަހަރު ބަޖެޓުގައި ހިމަނާފައިވަނީ 101 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ބަދަލުގެ ގޮތުގައި 557 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ވަނީ ދީފައެވެ. އޭގެތެރެއިން 438.1 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ރައީސް ޞާލިޙްގެ ވެރިކަމުގައެވެ.

މިސަރުކާރުން ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މި ވެރިކަމުގައި ބަދަލުގެ ގޮތުގައި ދިނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، އެކިފަރާތްތަކަށް ބަދަލު ދެއްވާފައިވަނީ ރައްޔިތުންގެ ބޮލުގައި އިލްތިޒާމެއް އަޅަން ޖެހިދާނެތީ ކަމަށެވެ.

އެގޮތުން މިސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ވަނީ މީގެ ކުރިން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން