ފިތުރު އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަކީ ދީނީ އަދި ގައުމީ ބޮޑު މަސައްކަތެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، މި އަހަރުގެ ފިޠުރު ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރެވެމުންދާ މަސައްކަތަކީ ޢީދުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

މީގެއިތުރުން މިއީ ޢީދު ފާހަގަ ކުރުމުގައި ފަހުގެ ތާރީޚުތަކުގައި ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫޙު އާލާކޮށްދޭ ކަމެއް ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ހަމައެއާއެކު މި މަސައްކަތަކީ އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ ޢީދެއް ތަޖުރިބާ ކުރުމުގެ ފުރުޞަތު ފަހިކުރުމަށް ކުރެވޭ މަސައްކަތެއްގެ އިތުރުން އަންނާން އޮތް ޖީލުތަކަށް ޢީދުގެ އުފާވެރި މުނާސަބަތު ޤައުމީ ރޫހެއްގައި ފާހަގަ ކުރުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމެއް ކަމުގައިވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ފަހުމީ ވަނީ ޢީދަށް ރަށްތައް ދިއްލުމުގެ ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް އެއުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑަރޝިޕް ނަގައި، އެމަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބޭ ފަޚުރެއްކަން ފާހަގަ ކުރަށްވާފައެވެ.

ފަހުމީ މިބީދައިން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ފިތުރު އީދުގައި އިސްލާމީވަންތަ ގޮތަކަށް ރަށްރަށް ދިއްލައި ޒީނަތްތެރިކުރުމަށް ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން