2100 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު އިޓަލީ ކްރޫޒް ލައިނާއެއް މާލެއަށް ބަނދަރުކޮށްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނީ "އެމް އެސް އައިދިއާބެލާ" 2148 ފަތުރުވެރިންނާއި 650 ކްރޫންނާއި އެކު މާލެ އައިސްފައިވަނީ މިއަދު ހެނދުނު ކަމަށެވެ.

މިއީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 8 ވަނަ ކްރޫޒް ލައިނާއެވެ. މެލޭޝިއާއިން ފުރައިގެން ރާއްޖެއަށް އައި މި ކްރޫޒް ލައިނާ ދެ ދުވަސްވަންދެން މާލޭގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިކްރޫޒްލައިނާގެ ފަތުރުވެރިން މާލެ އާއި ކްރޮސްރޯޑާއި މާފުށީގެ އިތުރުން ހުޅުމާލެ އަށް ވަނީ ޒިޔާރަތްކޮށްފައެވެ.



މި މަހުގެ ތެރޭގައި އިތުރު ތިން ކްރޫޒްލައިނާ މާލެ އައުމަށް ތާވާލްކޮށްފައިވާ ކަމަށް މާޔާއިން މަޢުލޫމާތުދެއެވެ.

ރާއްޖެއަށް ދޭތެރެ ދޭތެރެއިން ބޮޑެތި ކްރޫޒް ލައިނާތައް އަންނަމުންދާއިރު އިޓަލީ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން