އަހުމަދު ޝާހް   11 އޭޕްރީލު 2024 - 12:12
ރައީސް ޞާލިޙް ފުވައްމުލަކުން އައްޑޫސިޓީއަށް ވަޑައިގަތީ RTL ފެރީގައި.
ރައީސް ޞާލިޙް ފުވައްމުލަކުން އައްޑޫސިޓީއަށް ވަޑައިގަތީ RTL ފެރީގައި.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އައްޑޫ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގެންފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނަށް ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.

އާރުޓީއެލް ފެރީގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީ، ފޭދޫއަށެވެ.

ފޭދޫ ބަނދަރު ސަރަޙައްދުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމާއި އައްޑޫ މޭޔަރު އަލީ ނިޒާރުގެ އިތުރުން އެމްޑީޕީ ޓިކެޓުގައި އައްޑޫ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.

ދެކުނުގެ އަތޮޅުތަކަށް ރައީސް ޞާލިޙް ކުރައްވާ ދަތުރުފުޅުގައި މިއަދާއި މާދަމާ އައްޑޫގައި ދޮރުންދޮރަށް ހިންގަވައި އެމްޑީޕީގެ ކެމްޕޭން ޙަރަކާތްތައް ކުރިއަށް ގެންދަވާނެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ހުވަދުއަތޮޅަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މާދަމާ ނުރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން