ހައްދުންމަތީ މާވަށުގައި މިސަރުކާރުން ހިއްކާނީ 15 ހެކްޓަރުގެ ބިން ނޫން ކަމަށާއި، 30 ހެކްޓަރުގެ ބިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ލ.މާވަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ މީގެ ކުރިން މާވަށުގައި ހިއްކުމަށް އިޢުލާނު ކޮށްފައި އޮތީ 15 ހެކްޓަރުގެ ބިން ކަމަށާއި ނަމަވެސް މި ސަރުކާރުން އިރާދަކުރެއްވިއްޔާ 30 ހެކްޓަރުގެ ބިން މާވަށުގައި ހިއްކާނެ ކަމަށެވެ.

އެގޮތުން މި މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެއާއެކު މާވަށުގެ ގެދޮރުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން މާވަށުގައި ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ހައުސިންގ މަޝްރޫޢެއް ކުރިއަށްގެންދަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ކުރަމުންދަނީ އުނދަގޫ މަސައްކަތެއްކަން ފާހަގަ ކުރަށްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖެ އިގްތިސާދީ ގޮތުން މިހާރުއޮތް ހާލަތުގައި ފައިސާ ޗާޕްނުކޮށް ކުރިއަށް ދިއުމުގެ ދަތިކަން އިޤްތިޞާދީ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް އެނގިލައްވާނެ ކަމަށެވެ.

ނަމަވެސް ސަރުކާރުން މިހާރު ވަނީ ތަރައްޤީގެ ކުދި މަޝްރޫއުތައް ފަށާފައި ކަމަށާއި ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ޖޫން ޖުލައިގައި ފެށޭނެ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން