އިތުރު 11 ‎ރަށެއްގައި އައިސް‎ޕްލާންޓު ގާއިމްކުރުމަށް ނިންމަވާފައިވާކަން ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ ‎މަސައްކަތްތަކުގެ ތެރެއިން، އިތުރު 11 ‎ރަށެއްގައި އައިސް‎ޕްލާންޓު ގާއިމްކުރުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

މިމަސައްކަތް ކުރުމަށް ސަރުކާރުން މިހާރު ވަނީ މިފްކޯ އާއި ޙަވާލު ކޮށްފައެވެ.

އެގޮތުން އައިސް ޕްލާންޓް ޤާއިމު ކުރުމަށް ހަމަޖެހިފައިވަނީ ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ،‎ ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، ދ.ބަނޑިދޫ، ދ.މީދޫ ‎އަދި ގދ.ރަތަފަންދޫގައެވެ.

މީގެތެރެއިން ފަސް ‎އައިސް ޕްލާންޓަކަށް ފަންޑު ހަމަޖެހިފައިވަނީ ‎ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ‎ ހަ ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ.

ސަރުކާރުން މިހާތަނަށް 25 ‎ރަށެއްގައި އައިސް‎ ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، އިތުރަށް ޤާއިމްކުރާ އައިސް ޕްލާންޓްތަކާއެކު މަސްވެރިންނަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން