ޕީއެންސީގެ ފަރާތުން މަޖިލީސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމްޑީޕީން އެންޓި ކެމްޕޭން ކުރާ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ޕީއެންސީން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެމްޑީޕީން ދަނީ ދޮގު ވާހަކަ ފަތުރައި އެންޓި ކެންޕޭން ކުރަމުން ކަމަށެވެ. އެގޮތުން އެމަސައްކަތް އެމްޑީޕީން ކުރަމުންދަނީ ވަކިބަޔަކަށް ފައިސާ ދީގެން މީސްމީޑިއާ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި އިންތިޚާބީ ޤާނޫނާ ޚިލާފަށް އެމްޑީޕީން އެންޓި ކެންޕޭން ކުރާ މައްސަލަތައް އީސީއަށް ހުށަހެޅުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"މިއީ އިންތިޚާބުތަކާއި ބެހޭ ގާނޫނާ ވެސް ކަނޑައެޅިގެން ޚިލާފު ކަމެއް. މިގޮތަށް އެ ބޭފުޅުން ކުރަމުންދާ އެންޓި ކެމްޕޭން މައްސަލަތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ ވާހަކަ ދަންނަވަން." ހީނާ ވިދާޅުވިއެވެ.

ހީނާ މިއަދު ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ފަސް އަހަރަކީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަށް އެންމެ ދަތިކުރި ދުވަސްތައް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ނޫސްވެރިންނާއި ސިޔާސީ ވެރިންނަށް ބިރު ނުދައްކާނެ ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ފަރާތްތަކަށްވެސް މިނިވަން ކަމާއެކު ހަރަކާތްތެރިވެވޭނެ މާހައުލެއް އުފެއްދުން ކަމަށް ހީނާ މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން