ރައީސް ޑރ. މުޢިއްޒު މާލީ ޒިންމާތައް އަދާކުރައްވާތަން ފެނުމުން އުފާކުރަށްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ މީސްމީޑިއާ މެދުވެރި ކުރަށްވައި އެމަނިކުފާނުގެ އަނެއްދިވެހިރާއްޖެ އެކައުންޓުން ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ސިޔާސަތަށް ރައީސް ނަޝީދު ތަޢުރީފު ކުރަށްވާފައިވާއިރު ހައްދުންމައްޗަށް މިއަދު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މާވަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ފައިސާ ޗާޕްނުކޮށް ކަމަށެވެ.

އޭގެއިތުރުން ރާއްޖެ އިގްތިސާދީ ގޮތުން މިހާރުއޮތް ހާލަތުގައި ފައިސާ ޗާޕްނުކޮށް ކުރިއަށް ދިއުމުގެ ދަތިކަން އިޤްތިޞާދީ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް އެނގިލައްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ނަމަވެސް ސަރުކާރުން މިހާރު ވަނީ ތަރައްޤީގެ ކުދި މަޝްރޫއުތައް ފަށާފައި ކަމަށާއި 50 މިލިއަނުން މަތީގެ ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ޖޫން ޖުލައިގައި ފެށޭނެ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވިއެވެ.



ހަމައެއާއެކު ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓުކޮށް ދަރަނިތައްވެސް ޚަލާސް ކުރަމުންދަނީ ފައިސާ ޗާޕް ނުކޮށްކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގެ އިޤްތިޞާދީ މޮޑެލްއަށް ތަޢުރީފު ކުރަމުންދަނީ މި ސަރުކާރުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން