ހިންނަވަރުގައި ބޭއްވި ޕީއެންސީގެ ކެމްޕޭން ޖަލްސާގެ ތެރެއިން
ހިންނަވަރުގައި ބޭއްވި ޕީއެންސީގެ ކެމްޕޭން ޖަލްސާގެ ތެރެއިން
ޕީއެންސީގެ ކެމްޕެއިން ޖަލްސާއެއްގައި ވަޒީފާގެ ބިރުދައްކަން ހިތްވަރުދޭ ވީޑިއޯއެއް މީސްމީޑީއާގައި ދައުރުވާން ފަށައިފިއެވެ.

އެގޮތުން ރޭ ބޭއްވި ހިންނަވަރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދެއްކި ހަންޓާ އަހުމަދު ބުނެފައިވަނީ ކޫއްޑޫގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އިދިކޮޅު ފިކުރުގެ މީހުންނަށް ސަރުކާރުން ގުޅައިގެން ސަރުކާރަށް އެއްބާރުލުން ދިނުމަށް އެދެން ޖެހޭ ކަމަށެވެ.

އޭގެއިތުރުން އެމުވައްޒަފުން ސަރުކާރާ ނުގުޅިއްޖެނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި އެކަން ކޮށްގެން ނޫނީ އިންތިޚާބު ކާމިޔާބުކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ހަންޓާ ވަނީ ބުނެފައެވެ.

އެ ޖަލްސާގައި ހަންޓާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދަންނަވައިގެން ވިޔަސް ހާއްސަކޮށް ފެލިވަރުގައި މަސައްކަތް ކުރާ މީހުން ކޮންޓްރޯލް ކުރުމުގެ ބާރު ކެންޑިޑޭޓަށް ދީގެން ވަޒީފާގެ ފުރުސަތު ލިބޭނެ މަގު ފަހިކޮށްދިނުމަށް ޖަލްސާގައި އެވަގުތު އިންނެވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އަރިހުން އެދިފައެވެ.

“އަޅުގަނޑުމެންނާ ގުޅިވަޑައި ނުގެންފިނަމަ އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަ ޖެހޭ އަޅަން. މިކަން ކޮށްގެންނޫނީ އަޅުގަނޑުމެންނަށް މިކަން ކާމިޔާބުކުރުމަށް ދަތި ތަކެއް ކުރިމަތިވެގެން ހިނގައިދާނެ.” ދައުރު ވަމުންދާ ވީޑިއޯގައި ހަންޓާ ބުނެފައިވެއެވެ.



މި މައްސަލާގައި އީސީގެ ރައީސް ފުވާދު ތައުފީޤު މީސްމީޑީއާގައި ވިދާޅުވެފައިވަނީ އެމައްސަލަ އީސީގެ އަމިއްލަ އިސްނެގުމަށް ބެލޭނެ ގޮތެއް ނޯންނަ ކަމަށެވެ. އަދި ކޯޓުތަކުންވެސް ޝަރީއަތް ކުރަނީ އެ އޮންނަ ގަވާއިދުން މައްސަލަ ޝަރީއަތަށް ހުށަހަޅީމަ ކަމަށާއި ފޭސްބުކް، އެކްސް ފަދަ ސޯޝަލް މީޑީއާގައި ލިޔާ ވާހަކައަކަށް އަމިއްލައަށް ކޯޓަކުން، ޓްރިބިއުނަލްއަކުން މައްސަލަ ނުބަލާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވަނީ އެކަމުގައި ސަބަބު ތަކަކާއި ހިކުމަތް ތަކެއް ވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ މައްސަލަ އީސީގެ މެންބަރުންނަށް ޙިއްސާ ކުރަށްވާނެ ކަމަށްވެސް ފުވާދު ވިދާޅުވިއެވެ.



ހަންޓާ އަޙްމަދުގެ ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ސަރުކާރަށާއި ޕީއެންސީއަށް އަމާޒުވެފައެވެ.

ރައީސް ޑރ. މުހައްމަދު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވެފައިވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ގޮތުން މަޖުބޫރު ނުކުރާާނެ ކަަމަށާއި އެ މުވައްޒަފަކު ގަބޫލުކުރާ ސިޔާސީ ފިކުރަކާއެކު ވަޒީފާގައި އުޅެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން