އިންތިޚާބާ ދިމާކޮށް ސަރުކާރުން ސޮއިކުރާ އެމްއޯޔޫތަކަކީ އިންތިޚާބަށް ޖަހާ ކަޑަތަކެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ކެމްޕެއިން ސްޕޯކްސްޕަރސަން އަޙްމަދު އީސާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށާއި ރައްޔިތުންނަށް އޮޅުވާލުމަށް ވަރަށް ބޮޑެތި ޕްރޮޖެކްޓުތަކެއް ފަށަން އެމްއޯޔޫތަކެއްގައި ސޮއި ކުރާ މަންޒަރު ސަރުކާރުން ދައްކާ ކަމަށެވެ.
ނަމަވެސް އެމްއޯޔޫ ތަކަކީ ދަޅަތަކެއް ކަމަށާއި އެއީ އިންތިޚާބަށް ޖަހާ ކަޑަތަކެއް ކަމަށް އީސަ ވިދާޅުވިއެވެ. އަދި އެމްއޯޔޫ ތަކަކީ އެއްބަސްވުންތަކެއް ކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކުރާކަމަށްވެސް އީސަ ވިދާޅުވިއެވެ.
އީސަ ވިދާޅުވީ އެމްއޯޔޫ ތަކަކީ ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ނޫން ކަމަށެވެ. އޭގެ އިތުރުން އިންތިޚާބު ނިމޭއިރަށް އެމްއޯޔޫތަކުގެ ބޭނުންދިޔައީ ކަމަށާއި އެމަސައްކަތްތައް ކުރިއަށް ނުދާނެ ކަމަށްވެސް އީސަ ވަނީ ވިދާޅުވެފައެވެ.
“ގިނަ އެމްއޯޔޫ ތަކަކީ ބޭނުން ވަގުތަކު އެއްފަރާތުން އަނެއް ފަރާތަށް އެއްވެސް ބަދަލެއް ދިނުމަކާއި ނުލައި، ބޭނުން ވަގުތަކު އުވާލެވޭ ގޮތަށް ދެފަރާތުން ސޮއި ކުރާ ލިޔުންތަކެއް” އީސަ ވިދާޅުވިއެވެ.
އެކަމުގެ މިސާލު ޖައްސަވަމުން އީސަ ވިދާޅުވީ ދ. އަތޮޅު މާދެލިގައި މަސް ފެކްޓްރީއެއް އެޅުމަށް ސަރުކާރުން ކުންފުންޏަކަށް ރަށެއް ދޫކޮށްފައިވާކަމަށް މީޑިއާތަކުގައި ލިޔެފައިވާ ކަމަށާއި ނަމަވެސް މާދެއްޔަކީ ރިސޯޓެއް ހަދަން އެހެން ކުންފުންޏަކަށް ދޫކޮށްފައި އޮތް ރަށެއްކަމަށެވެ.
އީސަ ވަނީ ސަރުކާރުން ރައްޔިތުންނަށް އޮޅުވާނުލައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ކުރިއަށް ގެންގޮސް ވީއެންމެ އަވަހަކަށް ނިންމާލުމަށްވެސް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު