ޤައުމުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށާއި ރައްޔިތުން ރައީސް ޑރ. މުޢިއްޒާއެކު ތިއްބެވުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސް ކުރަށްވައިފިއެވެ.
މީސްމީޑިއާ މެދުވެރި ކުރަށްވައި މިއަދު ފޮނުއްވި މެސެޖެއްގައި ޑރ. ޝަހީމް ވިދާޅުވީ ރައްޔިތުން ސާބިތުކަމާއެކު ރައީސް ޑރ. މުޢިއްޒާއެކު ކުރިއަށް ދިއުމަކީ ޤައުމަށް އެންމެ ފައިދާވާނެ ގޮތް ކަމަށެވެ.
“ޤައުމުދާންވީ ކުރިއަށް. ޤައުމުގެ މިސްރާބު ހުރީ ރަނގަޅަށް.” ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީމް ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަން ކުރަށްވަމުން ގެންދަވަނީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ޤައުމާއި ރައްޔިތުންގެ މަސްލަޙަތު އިސްކުރަށްވައިގެން ކަމަށެވެ. އެހެންކަމުން ރައީސަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ސާފު މެޖޯރިޓީ ހޯއްދެއްވުމަށް ރައީސް ޑރ. މުޢިއްޒު ގެންދަވަނީ މަސައްކަތްޕުޅު ކުރަށްވަމުންނެވެ.
އެގޮތުން އެމަނިކުފާނުވަނީ އިންތިޚާބުގައި ރައްޔިތުން ވޯޓު ލައްވާއިރު ޢާއިލާ އާއި ރަޙްމަތްތެރިކަމުގެ މަސްލަޙަތަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރެއްވުމަށް އިލްތިމާސް ކުރަށްވާފައެވެ.

Raees Dr Muiz @MMuizzu aa eku Rayyithun Saabithu kamaa eku kuriyah dhaanvee. Qaumu dhaanvee kuriyah. Qaumuge Misraabu huree rangalhah. Verikan kuravvamun e gendhavanee Qaumaai rayyithunge maslahathu iskuravvaigen. Raees ah furihama kaamiyaabah edhen. pic.twitter.com/glM8FdULFy
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 19, 2024
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ސާފު މެޖޯރިޓީ ހޯއްދެއްވުމަށް ރައީސް ޑރ. މުޢިއްޒު ގެންދަވަނީ މަސައްކަތްޕުޅު ކުރަށްވަމުންނެވެ.
އެގޮތުން އެމަނިކުފާނުވަނީ އިންތިޚާބުގައި ރައްޔިތުން ވޯޓު ލައްވާއިރު ޢާއިލާ އާއި ރަޙްމަތްތެރިކަމުގެ މަސްލަޙަތަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރެއްވުމަށް އިލްތިމާސް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު