ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރުޢީ ނިޒާމަށް ނުފޫޒު ނުފޯރުވާތީ އުފާކުރަށްވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިމޭރުމުން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ޙުކުމް ހައިކޯޓުން އިއްޔެ ބާތިލް ކުރުމާ ގުޅިގެންނެވެ. އެގޮތުން ރައީސް ޔާމީން ޝަރުޢީ މަރުޙަލާގެ ތެރެއިން މިނިވަންވެގެން ދިއުމަކީ ހިތަށް ވަރަށްބޮޑު ތަޞައްލީއެއް ލިބުނު ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު މިހާތަނަށްވެސް ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވައި އަޑުއެހުންތައް ލަސްކުރަމުން ދިޔައީ ސިޔާސީ ބޭނުމެއްގައި އެމްޑީޕީން ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

“މަޖިލީސް އިންތިޚާބުގައި ޕީއެންއެފްގެ ވޯޓު އެމްޑީޕީއަށް ހޯދުމަށް ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވަމުން ދާކަން ކޮންމެ މީހަކަށްވެސް އެނގޭނެ.” އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން އިއްޔެ ކުރި ހުކުމުގައިވަނީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ރައީސް ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީންގެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް މައްސަލަ ތަހުވީލުކުރާ ކަމަށް ހައިކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ވެރިކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރުން ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން