އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކޮންގްރެސް ޕާޓީއަށް ކާމިޔާބުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށް ނައިބުރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރި ކުރަށްވައި ފޮނުއްވި މެސެޖެއްގައި ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅާއެކު ސަރުކާރު ކޯލިޝަނުން ހޯދި ފުރިހަމަ ކާމިޔާބީއަށް ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވާކަމަށެވެ.

އަދި މި އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ދުޢާއަކީ ޤައުމީ ތަރައްޤީއަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް މި ކުރާ ބުރަ މަސައްކަތުގައި މާތް الله ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން" ނައިބު ރައީސް ވިދާޅުވިއެވެ.



އިއްޔެ ބޭއްވި 20 ވަނަ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް ގުނި ވޯޓުގެ ނަތީޖާތަކުން ދައްކާ ގޮތުން ވެރިކަންކުރާ ޕީއެންސީއަށް ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފަ އެވެ.

އެގޮތުން މާލެ ސިޓީއާއި ފުވައްމުލަކާއި އައްޑޫސިޓީ އަދި ކުޅުދުއްފުށި ސިޓީއާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއް ވެސް ވެރިކަންކުރާ ޕީއެންސީން ވަނީ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން