އިއްޔެ ބޭއްވި މަޖިލީސް އިންތިޚާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގައުމީ ވިސްނުމަށް އޮތް ތާއީދު ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް މުޢިއްޒަށް ތަހުނިހާ ފޮނުއްވަމުން ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ދިމިޤުރާޠީ ހަޔާތުގައި ހުޅުވިގެން ދެން ދާނީ މުޅިން އާ ޞަފްޙާއެއް ކަމަށެވެ.

އެގޮތުން ވެރިކަން ހިންގަން ޖެއްސުންކުރުމާއި ދުއްތުރާކުރުމާއި ސިޔާސީ ރުޅިވެރިކަމުގެ މަރުހަލާތައް ނިމިފައިވާ ކަމަށާއި ފެނިގެން މިދިޔައީ ރައީސް ޑރ މުއިއްޒުގެ ޤައުމީ ވިސްނުމަށް އޮތް ތާއިދު ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.



އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ކޮންގްރެސް ޕާޓީއަށް 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވަނީ 71 ގޮނޑި ކާމިޔާބުކޮށްގެންނެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

އެގޮތުން މާލެ ސިޓީއާއި ފުވައްމުލަކާއި އައްޑޫސިޓީ އަދި ކުޅުދުއްފުށި ސިޓީއާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއް ވެސް ވެރިކަންކުރާ ޕީއެންސީން ވަނީ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން