ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު (ވ)
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު (ވ)
ރާއްޖެ މިވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް ބޭނުންވެފައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރި ކުރަށްވައި ފޮނުއްވި މެސެޖެއްގައި މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާނެ ޕާޓީއަކަށް ރާއްޖެ މިހާރު މިވަނީ އިންތިހާއަށް ބޭނުންވެފައި ކަމަށެވެ.

އެގޮތުން ފެހި ޤާނޫނު އަސާސީން ލިބިދިން މަލްޓިޕާޓީ ޑިމޮކްރެސީގެ މަންފާ ރައްޔިތުންނަށް ކުރާނީ ތަހުޒީބު މުޖުތަމަޢުތަކުގައި ކަންކުރާ ފަދައިން ސަބަބުވެރި އިންސާނެއްގެ ވިސްނުމާއި ޚިޔާލާއި ފިކުރާއި ޢަމަލުތައް ހުންނާނެ ގޮތަށް ޕާޓީތަކުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ފުރުސަތުދީގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

“ބަދަލު ހިފުމާއި ޖަދަލު ކުރުމާއި މަވެތިކަމާ ދުރުހެލިވެ ޕާޓީއަކީ ވަކި ފިކުރެއް ނުވަތަ މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ފުރުސަތު ދީގެން.” އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

އިއްޔެ ބޭއްވި މަޖިލީސް އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަށްވަމުން އާދަމް ޝަރީފް ވިދާޅުވީ ކޮންގްރެސް ޕާޓީއަށް ރައްޔިތުން ދެއްވި ތާޢީދާއެކު ޤައުމުގެ ކުރިމަގު އިތުރަށް އުޖާލާވެގެންދާނެ ކަމަށެވެ.

އާދަމް ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު އިއްޔެގެ ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ނަތީޖާއިން މާޔޫސްވެ ވަޑައިގެންފައިވާ ކަމަށެެވެ. އަދި ޑިމޮކްރެސީގެ ހަަމަތައް ހިފެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޒިންމާދާރު އިދިކޮޅެއްގެ ގޮތުގައި ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް އެމްޑީޕީ ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި 20 ވަނަ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް ގުނި ވޯޓުގެ ނަތީޖާތަކުން ދައްކާ ގޮތުން ވެރިކަންކުރާ ޕީއެންސީއަށް ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފަ އެވެ. އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ 12 ވަރަކަށް ގޮނޑިއެވެ.

އެގޮތުން މާލެ ސިޓީއާއި ފުވައްމުލަކާއި އައްޑޫސިޓީ އަދި ކުޅުދުއްފުށި ސިޓީއާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއް ވެސް ވެރިކަންކުރާ ޕީއެންސީން ވަނީ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން