އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީން ހޯދި ކާމިޔާބީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުމިއަދު ވިދާޅުވީ ޕީއެންސީން ހޯދީ ވަރަށް ފުރިހަަމަ ކާމިޔާބީއެއް ކަމަށެވެ. އެހެންކަމުން އެޕާޓީގެ މެމްބަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެ ޕާޓީގެ އިސްވެރިންނަށް ރައީސް ނަޝީދު މަރުހަބާ ވިދާޅުވި އެވެ.

މި ފަހަރުގެ އިންތިހާބުގައި ރައީސް ނަޝީދު ވާދަ ކުރަށްވާފައި ނުވާއިރު އެމަނިކުފާނުގެ ޕާޓީ، ޑިމޮކްރެޓްސްއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެމްޑީޕީ އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވި ރައީސް ނަޝީދު އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސް އުފެއްދެވީ މިދިޔަ ރިޔާސީ އިންތިހާބަށް ކައިރިވެފައި އޮއްވައެވެ. އޭގެ ފަހުން އެމްޑީޕީއާއި ރައީސް ނަޝީދުގެ ގުޅުން ވަނީ ވަރަށް ބޮަޑަށް ހީނަރުވެފައެވެ.

މި ފަހަރުގެ އިންތިހާބުގެ ކެމްޕޭންގައިވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. އެގޮތުން އެމްޑީޕީއަށް ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަވެސް ނުބެލުނު ކަމަށާއި އޭގެ ބަދަލުގައި ހިންގީ ވައްކަން ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި އުފެދުނީ ވައްކަމުގެ ނެޓްވޯކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން