ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ގޮތް ނިންމުމުގައި އަމާނާތްތެރިކަމާއި ޙާޟިރީއަށް ނުބެލީތީ ހިތާމަކުރަށްވާ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބޮންޑޭ ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ފެނިގެން ދިޔައީ އަމާނާތްތެރިން ބާކީވެގެން ދިޔަ މަންޒަރު ކަމަށާއި މަޖިލީހުގެ ޙާޟިރީ އެންމެ ދަށް މެންބަރުން މަޖިލީހަށް އިންތިޚާބުވީތަން ކަމަށެވެ.
“ރުފިޔާ ގޯންޏެއް ވެސް ހޮވީ. ހަމަ ބަރާބަރު. މިއިނީ އިމްތިޔާޒް ފަހުމީ. މުޅި ތިން ދައުރުވެސް އަމާނަތްތެރިކަމާއި، ވަފާތެރިވީ. ކަންފަތްމަތީ ޖަހައި ބާޣީއެއް ހޮވީ.” ބޮންޑޭ ވިދާޅުވިއެވެ.
ހަމައެއާއެކު ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރަށްވާ ކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީއެއް ކާމިޔާބު ކުރިއިރު، މަޖިލީހުގައި ގިނަ ދުވަސްވީ ނުފޫޒު ގަދަ މެމްބަރުންގެ ދައުރު ވަނީ ނިމުމަކަށް އައިސްފަ އެވެ.
އެގޮތުން ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން 66 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.

ކިޔުންތެރިންގެ ހިޔާލު