ރައްޔިތުން ޤައުމުގެ މުހިންމު ދެބާރު އެމްޑީޕީއަށް ޙަވާލުކުރުމުން އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕުން ޕާޓީ އޮޕަރޭޓް ކުރީ ގޭންގެއް ހިންގާ ގޮތަށް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް އިޝާރާތް ކުރަށްވަމުން ބޮންޑެ ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ވެރިކަން ޙަވާލު ކުރުމުން އެއަމާނާތަށް އެމްޑީޕީން ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަށްވައި ނާކާމިޔާބީއާ ކުރިމަތިވި ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ ނޭވާ ހޮޅިންނާއި ވެންޓިލޭޓަރުންވެސް ކުރީ ވައްކަން ކަމަށާއި އެއީ އެމްޑީޕީއަށް ނާކާމިޔާބުވީ މައިގަނޑު ސަބަބުކަމަށެވެ. އޭގެ އިތުރުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރި މީހުންނަށްވެސް ހުރަސްއެޅިކަމަށް ބޮންޑެ ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި މައްސަލަވެސް އެމްޑީޕީން ނުބެލި ކަމަށާއި އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައެޅި މައްސަލަތައްވެސް ބަލާފައި ނުވާކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވަނީ އެމްޑީޕީއަށް ލިބުނު ނާކާމިޔާބުގެ ޒިންމާ ޕާޓީ ހިންގަން ތިބި މީހުން ނަގަންޖެހޭނެ ކަމަށާއި ލީޑަރޝިޕް އިސްތިއުފާ ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

“އެމްޑީޕީގެ ލީޑަރޝިޕް ބަދަލުކޮށްގެން ނޫނީ ރާއްޖޭގައި ސިޔާސީ ކަންކަމުގައި ކުރިއަށް ދެވޭނެ މަގެއް ނެތް.. ޕާޓީއެކޭ ކިޔައިގެން ގޭންގެއް އޮޕްރޭޓް ކުރާގޮތަށް އޮޕަރޭޓް ކުރީމާ ވީގޮތްމީ.” ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ މިހެން ވިދާޅުވެފައިވާއިރު މިދިޔަ މަޖިލީސް އިންތިޚާބުގައި 93 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. އަދި ބޮންޑޭ ނިސްބަތްވާ ޑިމޮކްރެޓްސް އަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން