ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދިއްޖެއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެފައިވަނީ ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދުނީ 4 ވޯޓުގެ ތަފާތުން އިންތިޚާބުން ބަލިވި އިބްރާހިމް އަބްދުއްރަހްމާން ކަމަށެވެ.
އީސީގެ މެންބަރު ޙަސަން ވިދާޅުވެފައިވަނީ އިބްރާހިމް އަބްދުލް ރަހްމާންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު އީސީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ވޯޓު ފޮށިތައް އަލުން ގުނުމާމެދު އީސީން މިއަދު ގޮތެއް ނިންމާނެ ކަމަށް ޙަސަން ވިދާޅުވިއެވެ.
މަޖިލީސް އިންތިޚާބުގައި ދުވާފަރު ދާއިރާއަށް އިންތިޚާބުވި ޕީއެންސީގެ މުޙައްމަދު ޢަލީއަށް 1074 ވޯޓު ލިބިފައިވާއިރު އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް އަބްދުއް ރަޙްމާނަށް ލިބިފައިވަނީ 1070 ވޯޓެވެ.
އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި 20 ވަނަ މަޖިލީހަށް އިންތިހާބުވި 93 މެންބަރުންގެ ދައުރު ފެށެނީ އަންނަ މަހުގެ 28ގަ އެވެ.
މި އިންތިޚާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު