މިއަހަރު މިހާތަނަށް ރާއްޖެއަށް ހަތްލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

މި އަހަރުގެ އޭޕްރީލް 17 ގެ ނިޔަލަށް މުޅި ޖުމްލަ 703292 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 616095 ފަތުރުވެރިންނާއި އަޅާ ބަލާއިރު 14.2 އިންސައްތަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހު މިހާތަނަށް 99288 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ މަހުވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 194227 އަށް އަރައިފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5840 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަަކުރެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. ދެވަނައިގައި އިނގިރޭސިވިލާތް އޮތްއިރު، ތިން ވަނައިގައި އޮތީ ރަޝިޔާއެވެ. ސަރުކާރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން މި އަހަރު ރާއްޖެ ގެނައުމެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1878543 ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން