ގއ. ވިލިނގިލީ ދާއިރާއަށް އަމިއްލަ ގޮތުން އިންތިޚާބުވި އާޒިމް އަބްދުލް ޢަޒީޒް ޕީއެންސީއަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާޒިމް ޕީއެންސީއަށް ސޮއި ކުރަށްވާފައިވަނީ ރައީސް ޑރ. މުޢިއްޒުގެ ޙާޟިރުގައި އިއްޔެގެ ވަގުތެއްގައެވެ.
އާޒިމަކީ ވިލިނގިލީ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީން ދެ ވަނައަށް ދިޔަ ކެންޑިޑޭޓެވެ.
އާޒިމް ޕީއެންސީއަށް ސޮއިކުރެއްވީ ވިލިނގިލީގެ ތަރައްގީގެ މަޝްރޫޢުތައް ހަލުވިކޮށް ސަރުކާރުން ވައުދުވެފައިވާ ކަންކަން ވަގުތުން ފެށުމަށް ބާރު އެޅުމުގެ ގޮތުންކަމަށް ވެއެވެ.
ނިމިގެންދިޔަ މަޖިލީސް އިންތިޚާބުގައި އާޒިމަށް ލިބިވަޑައިގެންނެވީ، 1170 ވޯޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓު ޔަޒްމީދަށް ލިބިވަޑައިގެންނެވީ، 1001 ވޯޓެވެ. އެ ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގީކީ، 169 ވޯޓެވެ.
ވިލިނގިލީ ދާއިރާގެ މަޖިލީސް ގޮނޑި މިދިޔަ ދެ ދައުރުގައިވެސް ފުރުއްވާފައިވަނީ ސަޢުދު ޙުސައިނެވެ. މި އިންތިޚާބުގައި ސަޢުދަށް ލިބިފައިވަނީ 240 ވޯޓެވެ.
އާޒިމް ޕީއެންސީއަށް ސޮއި ކޮށްފައިވާއިރު ނައިފަރު ދާއިރާއިން އަމިއްލަގޮތުން މަޖިލީހަށް އިންތިޚާބުވި ޔާސީންވެސް ވަނީ ޕީއެންސީއަށް ސޮއި ކޮށްފައެވެ.
އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި 20 ވަނަ މަޖިލީހަށް އިންތިހާބުވި 93 މެންބަރުންގެ ދައުރު ފެށެނީ އަންނަ މަހުގެ 28ގަ އެވެ. މި އިންތިޚާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު