އައްޑުއަށް ކުރަމުންދާ ވިއްސާރާގައި ފޭދޫގެ 40 ގެއަކަށް ފެން ވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފިއެވެ.

އެން.ޑީ.އެމް.އޭ އިން މިއަދު ބުނީ އައްޑުއަށް ކުރަމުންދާ ވިއްސާރާގައި ސ.ފޭދޫގެ ސާޅީހަށްވުރެ ގިނަ ގެއަށް ފެނުގެ އަސަރުކޮށް އަވަށު އޮފީހާއި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ޖުމްލަ 5 ގެއަކުން މީހުން ހުސްކުރަން ޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލު ކުރެވުނީ 2 ގެއެއްގެ މީހުން ކަމަށް އެ އީދާރާއިން ވަނީ ބުނެފައެވެ.

“އެހެން ގެތަކުން ބަދަލުވީ އާއިލީ ގެތަކަށް.” އެން.ޑީ.އެމް.އޭ އިން ބުނެފައިވެއެވެ.



ބޯކޮށް ވާރޭވެހި އައްޑޫ ސިޓީ ފޭދޫ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައާއި ގުޅޭގޮތުން އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާލުވެފައިވަނީ އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރާގައި ފެންވަދެ ގޭގައި ނޫޅެވޭވަރަށް ގެންލުން ލިބިފައިވާ އާއިލާތަކަށް ދެވެން އޮތް އެންމެ ރަގަޅު ޚިދުމަތް ކައުންސިލުން ފޯރުކޮށްދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން